ގައްޒާގައި ފެންބޮޑުވެ ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތަކަށް އަޅާ ތެޔޮ ހުސްވެއްޖެ

ފަލަސްތީނުގެ ގައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތަކަށް އަޅާ ތެޔޮ ހުސްވެއްޖެއެވެ.
އިންޖީނުތަކަށް އަޅާ ތެޔޮ ހުސްވުމާ ގުޅިގެން އިންޖީނުތަކަށް ބޭނުންވާ ތެޔޮ ހޯދުމަށް ފަލަސްތީނުން ވަނީ ގަތަރުގެ އެހީއަކަށް އެދިފައެވެ. އަދި ގަތަރުން ވަނީ އިޔެއްގެ ވަގުތެއްގައި ފަލަސްތީނަށް 450,000 ލީޓަރުގެ ތެޔޮ އެގައުމަށް ފޮނުވާފައެވެ.
އަދި ގަތަރުން ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްއަށް ތެޔޮ ގަންނަން 10 މިލިއަން ޔޫއެސް ޑޮލަރު ފޮނުވާނެކަމަށް ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއީން ބުނެއެވެ.
ފަލަސްތީނުގެ އޮފިޝަލުން ހާމަކުރާގޮތުގައި ގަތަރުން އިއްޔެދިން 450,000 ލީޓަރުގެ ތެލުން 90 ދުވަސް ވަންދެން ކަރަންޓް ދެވޭނަކަމަށާއި ޕަވާ ޕްލާންޓުގެ 30 އިންސައްތައިގެ ކަރަންޓް ދެމުންދަނީ ގައްޒާއަށް ކަމަށެވެ.
"ފުރަތަމަ ޖަނެރޭޓަރު މިހާރު މަސައްކަތްކުރަން ފަށައިފި. އަހަރުމެންނަށް މިރޭގެ ނިޔަލަށް 60 މެގަވޯޓްގެ ކަރަންޓް ދެވޭނެ" ގައްޒާ އިލެކްޓްރިސިޓީ ޑިސްޓްރިބިއުޝަން ކޮމްޕެނީގެ ސްޕޯކްސްޕާސަން ބުޏްނެވެ.
މީގެ 50 ދުވަސްކުރިން ކަރަންޓް ދިޔަފަހުން ގައްޒާގައި ދިރިއުޅެމުންދާ 1.8 މިލިއަން މީހުން ކަރަންޓާ ނުލާ ދިރިއުޅެމުންދާތާ މިހާރު ވަނީ 16 ގަޑިއިރު ވެފައެވެ.
ތެޔޮ ނެތިގެން ކަރަންޓް ނުދެވުމުގެ ސަބަބުން އެގައުމުގެ ސްކޫލްތަކަށާއި ހޮސްޕިޓަލް އަދި ވިޔަފާރި ކުރާ ތަންތަނަށް ވަނީ އެކަމުގެ ސަބަބުން ބުރޫތަކެއް އަރާފައެވެ.
މެދު ނުކެޑި ހަތަރު ދުވަސްވަންދެން ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމުގެ ސަބަބުން ދެ މީހުން މަރުވެފައިވާއިރު މި ފެންބޮޑުވުމުގެ ހާދިސާގައި 10,000 މީހުން އެމީހުންގެ ގެތަކުން ވަނީ ނިކުންނަން ޖެހިފައެވެ. އެމީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންދެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ