ދުސްތޫރީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކީ އެމައްސަލަތަކުގެ ޙައްލު ސުޕްރީމް ކޯޓުން ހޯދުން ކަމުގައި ދިވެހިރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.ދިވެހިރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޤާނޫނީ ޢިލްމުވެރިއެއް ކަމުގައިވާ ޑރ.ޖަމީލު މިފަދައިން ވިދާޅުވީ ކައުންސިލުތަކުގެ ދައުރާ ގުޅިގެން ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމާ ގުޅޭ ގޮތުން ކުރެވެމުންދާ ބަހުސަށް އިޝާރާތްކުރައްވައެވެ. ޑރ.ޖަމީލު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބަށްޓަކައި ކަމުގައި ބުނެ ޤާނޫނު އަސާސީ އިޞްލާޙުކުރުމަކީ ނުރައްކާތެރި ކަމެކެވެ. އަދި ޖަމީލު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މިހާރު އޮތް ރައްޔިތުން މަޖިލިހުން ހެދި އެންމެ ބޮޑު ގޯހަކީ ދުސްތޫރީ ހުސްކަމެއް މެދުވެރިވުމުން ސުޕްރީމް ކޯޓު މެދުވެރިކޮށް ޤާނޫނީ ޙައްލެއް ނުހޯދުމެވެ. އަދި އޭގެ އިތުރަށް ޖަމީލު ވިދާޅުވީ އެންމެ މަތީ ކޯޓަކީ ދުސްތޫރީ ކޯޓު ކަމުގައެވެ. އަދި ދުސްތޫރީ ކޯޓުގެ އިޚުތިޞާޞް މިފަދަ މައްސަލަތަކުގައި ނުހިނގާ ގޮތަށް ހަދައިފިނަމަ މިފަދަ އަރައިރުން އިތުރުވާނެ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. އަދި ދިމާވާ ކުއްލި އަދި ޒަރޫރީ ޙާލަތްތަކަށްޓަކައި ނެސެސިޓީގެ އުޞޫލުގެ ދަށުން އިންތިޚާބުތައް ފަސްކޮށްފައިހުރިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ބޭރުގެ ޖޫރިސްޑިކްޝަންތަކުގެ ނިންމުންތަކަށް ބެލުމުން އެނގޭ ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ. ޑރ.ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް އިޞްލާޙެއް ގެނެވިދާނެ ކަމުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އެންމެ ރަނގަޅު ގޮތަކީ ދުސްތޫރީ މައްސަލަތަކަށް ސުޕްރީމް ކޯޓުން ޙައްލު ހޯދުން: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ