ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއިން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވަކިކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާތަަކަށާއި ކޮމިޓީތަކަށް ހާއްސަކޮށް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމަކަށް ފާރިސް މައުމޫން މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް އޭނާގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ކޯޓުގައި އެދިވަޑައިގެންފައި ވަނިކޮށް ޖަލުގައި މިވަގުތު ހުންނެވި ފާރިސް މައުމޫން ޕެޓިޝަން ކޮމިޓީއިން ވަކިކޮށްފިއެވެ.
ފާރިސް ޕެޓިޝަން ކޮމިޓީއިން ވަކިކުރީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން އެދިވަޑައިގެން ކަމަށާއި ފާރިސްގެ ބަދަލުގައި އެ ކޮމިޓީއަށް އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރު ދީދީ އައްޔަން ކޮށްފައިވާ ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
މިދިޔަ ހޯމަ ދުވަހު އޮޮތް ޕެޓިޝަން ކޮމެޓީގެ ބައްދަލުވުން މެދުކަނޑާލީ އެކޮމެޓީގެ މެންބަރު ފާރިސް މައުމޫން އެކޮމެޓީއަށް ހާޒިރުކުރަން މަޖިލީހުގެ އަމީންއާންމަށް ދެންނެވުމަށެވެ. ނަމަވެސް ފާރިސް މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ކަމާ ގުޅޭ އިދާރާއެއްގެ ލިޔުމެއް ލިބިފައިވާ ނުވާ ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ފާރިސް މަޖިލީހަށް ހާޒިރުކޮށްދިނުމަށް ދެކޮޅު ހަދާފައެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާރިސް މައުމޫން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ