މެންބަރު އަބްދުﷲ އަޙްމަދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަޙްމަދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޕީޕީއެމްގެ ދަފްތަރުން އަބްދުﷲ ގެ ނަން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެހެން ކަމުން އޭނާ ޕާޓީ އިން ވަކޮ ކޮށްފައިވާ ކަމަށާއި އެދާއިރާގެ ގޮނޑި ހުސްވެފައިވާ ކަން އެކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފައެވެ.
އަބްދުﷲ އަޙްމަދުގެ އިތުރުން އިތުރު 6 މެންބަރެއްގެ ގޮނޑި ގެއްލުފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަަޅައިފައެވެ. އަދި މިދާއިރާތަކުގެ ބައި އިލެކްޝަން އިދާރީ ކަން ކަން ފުރިހަމަ ވުމާއި އެކު އިޢުލާން ކުރެވޭނެ ކަމަށް ވެސް އެކޮމިޝަނުން މަޢުލޫމާތު ދެއެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމާއި, މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި, ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި, ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދާއި, ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ