މާލޭގެ ބޮޑު ބަޔަކުން ގާތްގަނޑަކަށް ދެ ގަނޑިއިރެއްހާއިރަށް ކަރަންޓް ގޮސް، ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ. ކަރަންޓް ކެނޑުނީ ހެންވޭރު ކޮޅާއި މައްޗަންގޯޅި، ގަލޮޅު އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުންނެވެ.
ދުވާލުގެ މަސައްކަތްތައް ފަށައިގެން އެންމެ ހަލަބޮލި ގަޑީގައި ކަރަންޓް ކެނޑުމުގެ ސަބަބުން، ބައެއް ބޭންކްތަކުގެ ބްރާންޗްތަކާއި އޮފީސްތަކުގެ މަސައްކަތަށް ވަނީ ހުއްޓުން އައިސްފަ އެވެ. 
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނީ ދެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މިހާރު ބައެއް ސަރަހައްދުތަކުން އަލުން ކަރަންޓް ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި މާލެއަށް ކަރަންޓް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުޅި މައްސަލަ އެކީ ހައްލު ކުރަން ދެ ގަޑިއިރެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުޅި މާލެއަށް ކަރަންޓް ދެވޭ ވަރުވީ ދެ ގަޑިއިރެއްހާ އިރު ފަހުންނެވެ. 
މުޅި މާލެއަށް ކަރަންޓް ދެވުނު އިރު ގާތްގަނޑަކަށް މެންދުރު 12 ޖަހައިފި އެވެ. 
މީގެ މަހެއްހާ ދުވަސް ކުރިން ވެސް މުޅި މާލެއިން ކަރަންޓް ގޮސް ގިނައިރުތަކެއްވެ އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. މި ދުވަސްކޮޅަކީ ހޫނު ދުވަސްކޮޅު ކަމަށްވުމުން ކަރަންޓް ބޭނުން ކުރާވަރު އެތައް ތަނަކުން ވަނީ މައްޗަށް ގޮސްފަ އެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމުން ކަރަންޓް ބޭނުން ކުރާވަރު އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެހެން ކަމުން ވީހާ ވެސް ކަރަންޓް އިސްރާފު ނުވާނެ ފަދަ ގޮތަކަށް ކަރަންޓް ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.
    
    ދެ ގަޑިއިރަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ