ފާޑު ކިޔުންތަކަށްފަހު މެމްބަރު ތޯރިޤް އަނެއްކާވެސް ސަރުކާރު ފަޅިއަށް!

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު މިހާރު އެއްމެ ބޮޑަށް ވައިގައި ހިފާފައިވާ ވާހަކަ އަކީ ރައްޔިތުންގެ މަޖިލީހުގެ " އިއްޒަތްތެރި ރައީސް" ގެ ގޮނޑިކޮޅުގެ ވާހަކަ އެކެވެ. ދަރުބާޜު ފަޅިއާއި އެތައް ކުރިމަތިލުންތަކަށްފަހު ބޮޑުތަނުން ސަރުކާރުފަޅި ލަދުގަންނަވާލާ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސޮއި އިދިކޮޅު އެމްޑީޕީން ހޯދީ ދަރުބާރު ފަޅީގެ ބައެއް މެމްބަރުންގެ ސޮޔާއި އެކުގައެވެ.
އެދުވަސްވަރު ސަރުކާރު މެމްބަރުންގެ ތެރެއިން އެއްމެ ވަރުލާފައި ސަރުކާރަށް ފާޑުކިޔަމުންދިޔަ އެއް މެމްބަރަކީ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. ފިޝަރީޒް މިނިސްޓަރ ޝައިނީ އަށް ފާޅުގައި ފާޑުކިޔުއްވަމުން , ޝައިނީގެ އިސްތިއުފާ އަށް ގޮވާާލާ ޓޮމްވަނީ ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މަޖިލީހުގެ "އިއްޒަތްތެރި" ރައީސް މަސީހުގެ އިތުބާޜު ނެތްކަމުގެ ވޯޓުގައި ތޯރިޤް ބައިވެރިވެވަޑައިގަތީވެސް ސަރުކާރުގެ ބައެއް ސިޔާސަތު ތަކާއިމެދު ހިތްހަމަނުޖެހިވަޑައިގެންނެވެ.
މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓަށްފަހު މެމްބަރުންގެ ސޮއި އަނބުރާ ގެންދިއުމަށް ދިން މުއްދަތުގައިވެސް މެމްބަރ ތޯރިޤްގެ ސޮއި ގެންދަވާފަ އެއް ނުވެއެވެ. އަދި ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭގޮތަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާއާ މެދު މެމްބަރ ތޯރިގް ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވާފައެވެ. ނަމަވެސް ގޮނޑި ގެއްލޭ ގޮތަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރޭގައި މެމްބަރ ތޯރިޤް ގެ ނަމެއް ނުހިމެނެއެވެ. ނަމަވެސް މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓަށްފަހު ސަރުކާރުގެ އެއްވެސް ރަސްމިއްޔާތެއްގައި މެމްބަރު ތޯރިޤް ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި އެތައް މިލިއަން ރުފިޔާ ދިން ނަމަވެސް ސަރުކާރަާއި ނުގުޅޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ މުސްތަގިއްލު މިނިވަން ތަނަކަށް ހެދުމުގެ މަސައްކަތުގައި ސާބިތުކަމާއި އެކު ދެމި ހުންނާނެ ކަމަށް މެމްބަރު ތޯރިޤް އޭރު ވަނީ ވިދާޅުވެފައެވެ.
ތޯރިޤް ސަރުކާރު ފަޅިއަށް އަލުން ގުޅިވަޑައިގަތްކަން ރަސްމީ ސިފައެއްގައި ހާމަކުރައްވާފައި ނުވި ނަމަވެސް
މިއަދު ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި، 9 ރަށެއްގެ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ތޯރިގް ބައިވެރިވެވަޑައިގެންނެވި ފޮޓޯ އާއްމުކުރައްވައި، ރައީސް ޔާމީން ފަޅިއާ ގުޅިވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވަނީ ޓުވީޓް ކުރައްވައިފަ އެވެ.
އދ. ހަނޠާމީދޫ އާއި އެހެނިހެން ރަށްތަކެއްގެ ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޮމްވަނީ ތިމާވެއްޓާ ބެހޭ ވަޒީރަށާއި ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ