ޕީޕީއެމުން ވަކިކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު މިހާރު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ. އެ ބޭފުޅުން ވަޑައިގަތީ ސިޓީ ވެސް ހިއްޕަވައިގެންނެވެ.
މި ތިން ބޭފުޅުންގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް ދެން ކަނޑައަޅާފައި ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދެވެ. އޭނާ މި ވަގުތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވަ އެވެ.
(ތަފުސީލު އަންނަނީ)
ގޮނޑި ގެއްލުވާލި މެމްބަރުން ސުޕްރީމް ކޯޓަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ