މީހުން ހައްޔަރު ކުރުމުގައި ކަރަންޓު ހަތިޔާރު ފުލުހުން ބޭނުން ކުރަނީ

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުން ހައްޔަރު ކުރުމުގައި ކަރަންޓު ހަތިޔާރު ނުވަތަ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން ބޭނުން ކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
އެހަތިޔާރު އާއްމު ގޮތެއްގައި ބޭނުންކޮށް އުޅެނީ އަމުރަށް ނުކިޔަމަންތެރިކަން ދައްކާ މީހުން ހައްޔަރު ކުރުމަށެވެ. އެ ހަތިޔާރު ބޭނުން ކުރުމުން ކުށްވެރިޔާގެ ގަޔަށް ކަރަންޓު ޝޮކެއް ފޮނުވާލެވޭނެއެވެ. އަދި ވަގުތު ކޮޅަކަށް އެމީހާ ހޭނެތިގެން ދާނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހި ފުލުހުން އެ ހަތިހާރު ބޭނުން ކުރާނީ މިހާރުވެސް އެހެން ހަތިޔާރުތައް ފުލުހުން ބޭނުން ކުރާ އުސޫލުން، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ކަމަށެވެ. އަދި ފުލުހުން އެންމެ ފުރިހަމަ އަށް ޒިންމާދާރު ކުރުވުމުގެ ގޮތުން ފުލުހުންގެ ހަށިގަނޑުގައި ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ކަރަންޓު ހަތިޔާރު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ފުލުހުން އާއްމު ގޮތެއްގައި ބޭނުން ކުރަނީ މީހުން ހައްޔަރު ކުރުމުގައިވެސް މުގުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ