މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އިން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ހުރި ރަށްތަކަށް ޔެލޯ އެލާޓު ނެރެފައިވާ ކަމަށެވެ. އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން 12:00 އަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދު ތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިގަދަވާނެއެވެ.
ރާއްޖެއަށް މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެކެވެ. ދާދިފަހުން ވެސް ކުރި ވިއްސާރާގައި ރާއްޖޭގެ ދެކުނު ބައެއް ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ