މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ގުޅާލައިފި

މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ގުޅޭލެވިފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާލެ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ހިންގި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.
މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ގުޅުވާލައި ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފައި ވާއިރު، ކަރަންޓު ގްރިޑަށް ކާމިޔާބުކަމާ އެކު ދެ އިންޖީނުގެ މިހާރު ގުޅާލާފައިވާ ކަމަށާއި މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެ އަށް ދެން ކަރަންޓު ފޮނުވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި، ގްރޭޓާ މާލެ ގްރިޑާ އެކު ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތަކަށް ދެވިފައިވާ ކަމަށާއި، އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ސްޓެލްކޯ އިން ވަނީ، ކޮވިޑްގެ ދަތި ހާލަތުގައިވެސް ހުއްޓުމެއް ނައިސް މަސައްކަތް ކާމިޔާބުކަމާއެކު، ނިންމާލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރި ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ