ކަރަންޓުގެ ހިދުމަތަށް މައްސަލައެއް ދިމާނުވެ، ސްޓެލްކޯގެ ޓެސްޓުތައް ކާމިޔާބު ކަމާއެކު ނިންމާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ކުރިއަށް ގެންދިޔަ ސިސްޓަމްތަކުގެ ޓެސްޓުތައް، ކަރަންޓުގެ ހިދުމަތަށް އެއްވެސް މައްސަލައެއް ދިމާނުވެ ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ސްޓެލްކޯއިން އިއްޔެ ވަނީ، އެކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާތީ ހެނދުނު 7:00 އާއި 8:00 ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. އަދި އެ ޓެސްޓުތަކަކީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، އެ ޓެސްޓުތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.
އަދި ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ކުންފުނީގެ ސިސްޓަމުތައް އަދާހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ