ކުރި އަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސް ވާާނެ

،މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. ފޮޓޯ/މިހާރު
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް  ވައި ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު ބުނެފި އެވެ.
މޫސުން ލަފާކޮށް މެޓުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭ އިރު އުތުރުން، ސްރީ ލަންކާ ކައިރީގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.އަދި އެ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މި ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މިއަދު ހަވީރު ނިޔަލަށް ހއ އިން ފެށިގެން ޅ އަތޮޅާ ހަމަށް ވައިޓް އެލާޓް ނެރެފަ އެވެ. އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ