ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް އެމްޑީޕީ ޓިކެޓް ބޭނުންވާ ފަރާތްތަކުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފި އެެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ.
ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.
ޕްރައިމަރީ ކުރިއަށް ގެންދިއުމަށްޓަކައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކާއި މާލޭގަ އެެވެ.
ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފުރުމަށް ހާއްސަ ފޯމެއް އެމްޑީޕީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ފޯމް ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމުން ފޯމް ބަލައިގަންނާނެ ކަމަށް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ އަންގާރަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަނުން ބާއްވާ ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓް ފަހުންނެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 10 ވާ ބުރާސްފަތި ދުވަހު އެވެ.
ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ