"ޔާމީން ނޫޅުއްވާ 2018 ގައި ނިކުންނަވާކަށް"

މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުން 2018 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ރައީސް އަބްދުﷲ ޔާމީން ނޫޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
"އެހެން ނޫން ނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ލޯބި ހޯދަން. ރައްޔިތުންގެ ލޯބި ލިބިގެން ނޫނީ ވެރިކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "ޔާމީން މިހާރު އެ ބައްލަވަނި ކޮންމެ ގޮތެއް ހައްދަވާފައި ވެސް މި ފަސް އަހަރު ވެރިކަންކޮށް މުޅި ގައުމު ވިއްކާލަން."
ރޮޒޭ އަދި ވިދާޅުވީ ޔާމީންގެ ސަރުކާރުން މިހާރު އުޅެނީ ސައުދީ އަރަބިޔާ އަށް ރާއްޖޭގެ ބޮޑު ބައެއް އެސްއީޒީގެ ދަށުން ވިއްކާލަން ކަމަށެވެ.
އެހެން ނަމަވެސް އެ ފުރުސަތު ދީގެނ ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި މަގުމައްޗަށް އިންސާފު ހޯދަން ނިކުންނަ މީހުން ކިތަންމެ ވަރަކަށް ހައްޔަރު ކުރިޔަސް، އެ މީހުންގެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށް ރޮޒޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ