ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެމްބަރު ގެ މަގާމު އިއްޔެ ހުސްވުމާއި ގުޅިގެން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާއި ޕީޕީއެމްއިން 2 ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށް އެ ކޮމިޝަނުން އޭނާ ވަކިކުރުމާ ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ނަމެވެ. އެ ނަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވިއެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަމެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފެވެ.
އެދެނަމަށް ވޯޓަށް އެހުމަށް ހަމަޖެހި ވަނީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޖޭއެސްސީގެ މެމްބަރުކަމުން ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަކިކުރީ އޭނާގެ އިތުބާރު ނެތްކަމަށް، ހުށަހެޅި މައްސަލަ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ޖޭ އެސްސީ އަށް އަހުމަދު ރަޝީދު އަދި ފާރިޝްގެ ނަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ