ޖޭޕީގެ ޕީޖީ ލީޑަރުގެ މަގާމުން ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ގާސިމް އިބްރާހީމް އިއުލާނު ކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބުރާހިމް ވިދާޅުވީ އެމަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އެމަނިކުފާނު ހޮވިވަޑައިގެންނެވުމުން ކަމަށެވެ.
ގާސިމް އިބުރާހިމް ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރަަަކަށް އެޕާޓީގެ މަޖިލިސް މެމްބަރުންވެސް ހޮއްވެވުމަށް ބޭނުން ފުޅުވަނީ، ކުރިން ޑެޕިއުޓީ ލީޑަރުގެ މަޤާމުވެސް ފުރުއްވި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒު ކަމަށެވެ.
އަދި މިއަދު ރިޔާޒު އެމަޤާމަށް އައްޔަނު ކުރުމުގެ ބައްދަލުވުން ނުބޭއްވުނީ ވަގުތު ނެތިގެން ކަމުގައިވެސް ވިދާޅުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ