13 މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލު ކުރައްވައިފި

ޕީޕީއެމުން ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންނާއި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިއަދު ބައްދަލު ކުރައްވައިފިއެވެ.
މައުމޫނު ފައުންޑޭޝަންގެ އޮފީހުގައި މިއަދު ރައީސް މައުމޫނު ބައްދަލު ކުރައްވާފައިވަނީ ޕީޕީއެމުން ވަކިކުރުމުން ގޮނޑި ގެއްލިފައިވާކަމަށް ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނާއި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމުން ދާދިފަހުން ޕީޕީއެމުން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއިއެވެ.Mash-hooru 12 membarun vevadaigen qurubaanee aa ebeyfulhunge dhaairaa thakashaa islaahah koh dhevvaa aguhuri masakkaiyphulhu thakah takaa shukuru dhennevumakee miadhu alhugan’dah libunu varah bodu ufaleh. pic.twitter.com/oY60aw61wj— Maumoon Abdul Gayoom (@maumoonagayoom) October 10, 2018މި ބައްދަލުވުމުގައި ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ބައިވެރިވެވަޑައިގެންނެވިއެވެ.
13 މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރެއްވިއިރު، އެ މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން މިހާރުވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ބައެއް މެމްބަރުންގެ ގޮނޑީގެ މައްސަލަ ސްޕްރީމް ކޯޓްގައި މާދަމާއަށްވަނީ ތާވަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ