މަޑުއްވަރީ ދާއިރާގެ ކޯލިޝަން ޓިކެޓު މެމްބަރު އަމީތަށް؟!

ކުރިއަށް
އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑި ގެއްލުނުކަމަށް ކުރިން ނިންމި
12 މެމްބަރުންނަށް ޕްރައިމަރިއަކާއި ނުލާ ވާދަކުރުމަށް ޓިކެޓު ލިބިގެންދާނެކަމަށް
ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމަށްވާ އެމް.ޑީ.ޕީގެ ލީޑަރު މުހައްމަދު
ނަޝީދު ވިދާޅުވެއްޖެކަމަށް އޭގެތެރެއިން ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ. 
 
ގޮނޑި
ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުގެ ސަބަބުން އަހަރެއްވަރުވަންދެން
މަޖިލީހަސް ވަނުމުގެ ފުރުސަތު ގެއްލުނު މި މެމްބަރުންނަށް އަލުން އަނބުރާ
މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބުނީ މީގެ ދުވަސްކޮޅެއްކުރިން ސުޕްރީމް ކޯޓުން އެ
މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނިންމުމާއި ގުޅިގެންނެވެ. މި 12 މެމްބަރުންނާއި
މިއަދު ރައީސް ނަޝީދު ބައްދަލުކޮށް ޓިކެޓު ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް
ބައެއް މެމްބަރުން ވިދާޅުވިކަމަށް 'މިހާރު'  ނޫހުގައި ބުނެފައިވެއެވެ.
 
މިއަދުގެ
މި ބައްދަލުވުމުގައި ނަޝީދު މިހެން ވިދާޅުވެފައިވާއިރު  ކޯލިޝަންގައި ހިމެނޭ އިތުރު ދެ ލީޑަރުންކަމަށްވާ
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް
ޤައްޔޫމްވެސް މިކަމަށް ޔަޤީންކަން އަރުވާފައިވާކަމަށް މެމްބަރުންވަނި ވިދާޅުވެފައެވެ.
 
ކޯލިޝަންގެ
ލީޑަރުން މި ވިދާޅުވާ ގޮތަށް ކަންތައްވެއްޖެނަމަ މަޑުއްވަރީ ދާއިރާގެ ޓިކެޓު
ޕްރައިމަރީއަކާއި ނުލާ މެމްބަރު އަމީތަށް ލިބޭނެތޯ ބައެއް ފަރާތްތަކުން އަންނަނީ
ސުވާލު އުފައްދަމުންނެވެ. މިހާރުވެސް އެމް.ޑީ.ޕީއަށް ނިސްބަތްވާ ބައެއް
ފަރާތްތަކުން އަންނަނީ މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ ޕްރައިމަރީގައި
ވާދަކުރުމަށް ކެމްޕެއިން ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ