ކ.ކާށިދޫ އަދި ކ.ގާފަރުގެ ސްކޫލްތަކުގެ މުދައްރިސުންގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ޑިޕްލޮމާ ފެންވަރަށް ކިޔަވާ ފަރާތްތަކަށް ފައިސަލް ފައުންޑޭޝަންގެ ފަރާތުން، ކޯސް ފީގެ %50 ޚަރަދުތައް ހަމަޖައްސައިދޭން ނިންމައިފިއެވެ.
ފައިސަލް ފައުންޑޭޝަނަކީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހިންގަވާ ފައިސަލް ފައުންޑޭޝަނުން ދަނީ، ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ބޮޑެތި، ދީލަތި އެހީތަކެއް ދެއްވަމުންނެވެ.
ފައިސަލް ފައުންޑޭޝަންގެ ޗެއަރމަން އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި، ކާށިދޫ އަދި ގާފަރުގެ މުދައްރިސުންނަށް ރަނގަޅު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ ސަރުކާރުން، އަޅާ ކުއްލި ފިޔަވަޅެއްގެ ސަބަބުން އެއްވެސް ޓީޗަރެއްގެ ވަޒިފާ ގެއްލޭކަށް، އަދި އަޅުގަނޑުމެން ވީ ވަރަކުން [ކާށިދޫ އަދި ގާފަރުގެ] ހުރިހާ ޓީޗަރުންނަށް އިތުރު ތަމްރީނު ހޯދައިދީ. އެމީހުންނަށް ވިޒީފާ ގްރެންޓީ ކޮއްދިނުމަށް އެހީތެރިވެދޭނަން،" ފައިސަލް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ، މުދައްރިސުންގެ މުސާރައިގެ އައު އޮނިގަނޑެއް އެކުލަވާލައި، މުދައްރިސަކަށް ވެވޭނެ އެންމެ ދަށް ފެންވަރަކީ ޑިޕްލޮމާ ސަނަދު ހާސިލްކުރުން ކަމުގައި ހަމަޖައްސާފައެވެ.
ކާށިދޫ ދާއިރާގެ ޓީޗަރުން ޑިޕްލޮމާ ހެދުމުގެ %50 ފީ ފައިސަލް ފައުންޑޭޝަނުން ހަމަޖައްސައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ