އދ. އަތޮޅަށް ކުރި ދަތުރުގައި ދިގުރަށަށް އަރަން ނުކެރި، އެރަށު ކައުންސިލަރުން މުއިއްޒުގެ ފައިންޕުޅުދެކެން އެހެން ރަށަކަށް އަންނަން އެންގުމުން، ކައުންސިލަރުން އެކަމާއި ދެކޮޅު ހެދުމުން މުއިއްޒު ރުޅިގަދަ ވެއްޖެ

އދ. އަތޮޅަށް ކުރި ދަތުރުގައި ދިގުރަށަށް އަރަން ނުކެރި، އެރަށު ކައުންސިލަރުން މުއިއްޒުގެ ފައިންޕުޅުދެކެން އެހެން ރަށަކަށް އަންނަން އެންގުމުން، ކައުންސިލަރުން އެކަމާއި ދެކޮޅު ހެދުމުން މުއިއްޒު ރުޅިގަދަ ވެއްޖެ ކަމަށް ރައީސް އޮފީހުން ދިޔަވަރަށް މައުލޫމާތު ދެއްވި ފަރާތަކުން ހާމަ ކުރައްވާފިއެވެ.
އެންވާރުމެންޓް މިނިސްޓަރ ތޯރިގް އެރަށަކަށް ނިސްބަތްވާ ދިގުރަށަށް މުއިއްޒު އަށް އަރަން ނުކެރުނީ، އެރަށަށް ވީ އެއްވެސް ވައުދެއް މުއިއްޒު ފުއްދާފައި ނުވާތީއާއި، އަދި އެމްޑީޕީ ސަރުކާރުގައި އެރަށުގައި ފަށާފައިހުރި ހުރިހާ ޕްރޮޖެކްޓްތަކެއް މުއިއްޒު ވެރިކަމާއި ހަވާލުވެ ވަގުތުން ހުއްޓުވާފައިވާތީ، އެރަށުގެ ރައްޔިތުން ނުކުމެ، މުއިއްޒު އާއި ދެކޮޅަށް އިޖްތިހާދު ކޮށްފާނެ ކަމަށް ބަލައި އެކަމާއި ހުރެ ކަމަށް ރައީސް އޮފީހުން އެމައުލޫމާތު ހިއްސާކުރި ފަރާތުން ހާމަ ކުރެއެވެ.
މުއިއްޒު ވަނީ އޭނާގެ މަތިވެރި ފައިންޕުޅު ދެކެން، އދ. ދިގުރަށުގެ ކައުންސިލަރުން، ދަނގެތިއަށް އައުމަށް އަންގާފައެވެ. ނަމަވެސް އެއްވެސް ކައުސިލަރެއް އެކަމަށް އިޖާބަ ނުދިނުމުން، ދެން އެންގީ މަހިބަދޫ އަށް ރައީސް މުއިއްޒުގެ ފައިންޕުޅު ދެކުމަށް އައުމަށެވެ. ނަމަވެސް ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރާ ގޮތުގައި ދިގުރަށު ކައުންސިލަރުން މިކަމާއި ވަނީ އިންކާރު ކޮށްފައެވެ. މިކަމާއި މުއިއްޒު ހިތްހަމަ ނުޖެހުނު ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މުއިއްޒު އާއި ގާތް ބައެއް ފަރާތްތަކުން އެ ދަތުރުގައި ދިގުރަށަކީ އެމްޑީޕީގެ ތާޢީދު އޮންނަތަނެއް ކަމަށް ބުނެ، އެރަށުގެ މަޝްރޫއެއް ހިންގުމަކީ ހަމަ ބޭކާރު ކަމެއް ކަމަށް ސިފަކޮށް ވާހަކަ ދައްކާފައި ވެއެވެ.
ދިގު ރަށަކީ ގިނަ އަދަދެއްގެ ގެސްޓް ހައުސް ހުންނަ ރަށަކަށް ވާތީ އެ ރަށަށް ހާއްސަ ސަމާލު ކަމެއްދީގެން އިޤްތިޞާދީ މަސައްކަތަށް އެރަށް “މުޑުވަށް” ކުރަން އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކޮށްފައިވެއެވެ.
މިގޮތުން، އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑީޕީއިން %90 ނިންމާފައިވާއިރު މުއިއްޒު ވަނީ މިކަން ހުއްޓުވައި، ދިގު ރަށުގެ ތަރައްޤީއަށް ގަސްތުގައި ހުރަސް އަޅާފައެވެ. މި ގޮތުން މިސްކިތުގެ %80 ނިމި، ހެލްތްސެންޓަރ އެކްސްޓެކްޝަން އާއި، ޔޫތް ސެންޓަރގެ %98 ނިމި، ހާބަރު ބޮޑު ކުރުމުގެ މަސައްކަތުގެ %50 ނިމި ފައިވަނިކޮށް މި ހުރިހާ ޕްރޮޖެކްޓްތަކެއް މުއިއްޒު ވަނީ ހުއްޓުވާފައެވެ.
އަދި އެމްޑީޕީ ސަރުކާރުން 2024 ވަނަ އަހަރަށް އެރަށުގައި ގާއިމު ކުރަން ނިންމި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، މިނިސްޓަރ ތޯރިގު މިނިސްޓަރު ކަމުގައި ޕީޕީއެމް ޕީއެންސީ ހުރިހާ ސަރުކާރެއްގައި ހުރެ ރަށަށް އެއްވެސް ކަމެއް ކޮށް ނުދޭ ފަރާތެއް ގޮތުގައި އެރަށުގައި ވަނީ ލޭބަލްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ