އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ލަފާކޮށްފިއެވެ.
މެޓުން މިއަދު ބުނީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސއވާނެ ކަމަށެވެ. އެގޮތުން މި ދެދުވަހުވެސް ވިއްސާރަވެ, ޚާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަދި ވައިގަދަވެ ކަނޑުތައްވެސް މެދު ރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
Advertisement
ނަމަވެސް ހޮނިހިރުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.
ހޮނިހިރަށް މޫސުން އަލިވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހަކީ ޗުއްޓީއަކަށް ފަހު ސްކޫލުތައް ހުޅުވާ ދުވަހެވެ. އެހެންކަމުން، ޗުއްޓީއަށް ރަށް ރަށަށް ގޮސް ތިބި ދަރިވަރުންތައް އެނބުރި ރަށަށް އައުމަށް ކުރިއަށް ދެތިން ދުވަހުގައި ދަތުރުތައް ފަށާނެ ކަމަށް ލަފާކުރެވެއެވެ.
އަންނަ ހޮނިހިރުން ފެށިގެން މޫސުން ރަނގަޅު ވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ