މާލެ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ތަރައްގީކުރާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން ދައްކާލައިފި އެވެ.
ވީ ކިހިނެއް؟ - ސްޓޭޖު ތަޅާލައި އެ ސަރަހައްދުގައި އާ ސްޓޭޖެއް ތަރައްގީ ކުރަން މިދިޔަ ހުކުުރު ދުވަހު ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ 4.8 މިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ.
ތަފްސީލް - ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 140 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ.
އާ ސްޓޭޖްގެ ފޮޓޯއަކާ އެކު މާލޭ މޭޔަރު އާދަމް އާޒިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ މި ސްޓޭޖްު ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.
މާލޭ ކާނިވާ ސްޓޭޖު ސަރަހައްދުގައި މިހާރު އާންމުކޮށް ބާއްވަނީ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތަކާއި ޖަލްސާތަކެވެ. މީގެ ކުރިން މިޔުޒިކް ޝޯތައް ވެސް އެ ސަރަހައްދުގައި ބޭއްވި އެވެ. ނަމަވެސް މިހާރު ކާނިވާ ސަރަހައްދުގެ ބޮޑު ބައެއް އޮންނަނީ ޕާކިންއަށް ހާއްސަ ކޮށްފަ އެވެ.
ކާނިވާ ސްޓޭޖުގެ އާ ޑިޒައިން ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ