އެމްޓީސީސީގެ ޕޯޓްފޯލިއޯގައި އެންމެ ގިނައިން ހިންގާ، އަދި އެންމެ ގިނަ ފައިސާ ލިބޭ ބިން ހިއްކުމުގެ ޕްރޮޮޖެކްޓުތަކަށް ގަވައިދުން ފައިސާ ނުލިބޭތީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ ވެސް ދަށްވެފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 33 ޕަސެންޓު ދަށް އަދަދެކެވެ.
އާމްދަނީ ދަށްވީ ސަބަބެއް ކަމަށް ރިޕޯޓުގައި ވަނީ، ބިން ހިއްކުމާއި އިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ، ކޭޝް ފްލޯ ތާށިކަން އައިސްގެންނެވެ.
އެމްޓީސީސީއަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކަކީ ވިޔަފާރި އާއި ބިން ހިއްކުމާއި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓާއި ދަތުރުފަތުރެވެ. މި ދާއިރާތަކުން މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ:
އާމްދަނީއަށް އެންމެ ބޮޑު ވެއްޓުމެއް އައީ ބިން ހިއްކުމާއި އިމާރާތްކުރުމުންނެވެ. މި ދާއިރާއިން ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު ދަށެވެ.
ބިން ހިއްކުމާއި އިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކަށް ދިމާވި ފައިސާގެ ދަތިކަމުގެ ސަބަބުން، މަޝްރޫއުުތަކަށް ކޮންމެހެން ބޭނުންވާ ހިލަ އާއި އެހެނިހެން ތަކެތި ހޯދުމަށް ދަތިވީ ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޕްރޮޖެކްޓުތަކަށް ހުރަސްއެޅި، މަޝްރޫއުތައް ދިގުލައިގެން ގޮސް، އިކުއިޕްމަންޓު ބޭނުންނުކޮށް ހުންނަ ވަގުތު އިތުރުވެ، ހިންގުމުގެ ހަރަދުތައް މައްޗަށް ދިޔަ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައި ވެ އެވެ.
ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކަށް ގަވާއިދުން ފައިސާ ނުލިބޭތީ މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އެމްޓީސީސީއަށް 350 މިލިއަން ރުފިޔާގެ އެހީއެއް ދިނެވެ.
އެމްޓީސީސީގެ އާމްދަނީއަށް އައި ވެއްޓުމާއެކީ ކުންފުނީގެ ސާފު ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 45 މިލިއަން ރުފިޔާ ފައިދާވީއިރު، މިއީ އޭގެ ކުރީ ހަތަރު އަހަރަށް ވުރެ ވެސް މަދު އަދަދެކެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާ ދަށްވީއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 62 މިލިއަން ރުފިޔާ ގެއްލުންވެފަ އެވެ.
ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކަށް ފައިސާ ނުލިބޭތީ އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ ދަށަށް ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކަށް ފައިސާ ނުލިބޭތީ އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ