ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ގޭބިސީތަކަށް މިދިޔަ މަހުގެ ކަރަންޓުގެ ބިލު ވެސް ސަރުކާރުން ކަނޑައެޅި އާ ޓެރިފް ރޭޓްގައި ދޫކުރާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް އެކަން ތަންފީޒު ކުރުމަށް އަންގަވާފައިވަނީ މި ފެށުނު ޖޫން މަހުން ފެށިގެނެވެ.
ތަފްސީލް - ސްޓެލްކޯއިން މިރޭ ބުނީ މެއި މަހުގެ ކަރަންޓު ބިލު ވެސް ތައްޔާރުކޮށްފައިވާނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ.
ސްޓެލްކޯއަކީ މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުުރުން ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ:
އދ. އަތޮޅުގެ މާމިގިލި ފިޔަވާ އެ އަތޮޅުގެ ހުރިހާ ރަށަކަށް
ވ. އަދި އަތޮޅުގެ ހުރިހާ ރަށަކަށް
ކ. އަތޮޅުގެ ހުރާ ނޫން ހުރިހާ ރަށަކަށް
ފާހަގަކޮށްލެވޭ ކަމެއް - ސްޓެލްކޯގެ އިތުރުން ފެނަކައިން ވެސް ވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުގައި މެއި މަހުގެ ކަރަންޓުގެ ހިދުމަތަށް ބިލުކުރާނެ ކަމަށް ބުނެފަ އެވެ.
ފެނަކައަކީ ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ގޮތުން 150 އަށް ވުރެ ގިނަ ރަށަށް އެ ކުންފުނިން ހިދުމަތް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި އައްޑޫ، ފުވައްމުލައް، ތިނަދޫ ކުޅުދުއްފުށި ފަދަ އާބާދީ ބޮޑު ރަށްރަށް ހިމެނެ އެވެ.
ސްޓެލްކޯއިން ވެސް މިދިޔަ މަހުން ފެށިގެން އަގުހެޔޮ ޓެރިފް ރޭޓްގައި ބިލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ