އަޅައިލުން ނުދެވި ތިބި ދަރިންނަށް އެހީތެރިވުމާ އަނބިމީހާގެ ހިތުގަ ޖެއްސުން ހުއްޓާލުމަކީވެސް ފަހުދިހައިގެ ފައިދާ ލިބިގަންނަން ކުރަން ޖެހޭ ކަމެއް!

ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ފާފަނުކުރުމާއި ﷲ ތަޢަލާގެ ރުހިވޮޑިގަތުން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުންވެސް ހިމެނެއެވެ. ގިނަ ބައަކު މިބުނި ކަންކަމަށް ސަމާލުކަން ދެނީ ވަރަށް ކުޑަކޮށެވެ. އަނެއް ބައަކު ސަމާލުކަން ނުވެސްދެއެވެ.  
އެގޮތުން ބަލާއިރު ކައިވެނި ރޫޅޭ ހިސާބުން ކައިވެނީގައި ލިބިފައި ތިބި ދަރިންގެމަތިން ހަނދުމަނެތިކޮށްލާ ބައަކުވެސް އެބައުޅެއެވެ. އެއީ ތިމާއަށް ކުރެވޭ ބޮޑު ފާފައެއްކަމާއިމެދުގައިވެސް އެމީހުން ވިސްނައެއް ނުލައެވެ.  
އެހެންވެ އެމީހުން ބުނާނީ ތިމަންމެން އެއްވެސް ފާފައެއް ނުކުރާ ކަމަށެވެ. މިތިބީ ﷲ ތަޢާލާއަށް ފުރިހަަމގޮތުގައި ކިޔަމްނތެރިވެގެން ކަމަށެވެ. އެމީހުން ކިތަންމެ ގިނައިން ނުވަތަ ކިތަންމެ ބާރަށް އެހެން ބުނިނަމަވެސް އެމީހުން އެތިބީ ބޮޑުފާފައެއް ކުރުންމަތީގައެވެ. ﷲ ތަޢާލާ އެމީހަކާއި ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެއް އަދާނުކުރުމަކީވެސް ފާފައެކެވެ. އެއިގެ އިތުރުން ތިމާއަށް ﷲ ތަޢާލާ ދެއްވެވި ދަރިންނަށް އަޅާނުލައި އެހީތެރިނުވުމަކީވެސް ހަމަ ބޮޑުފާފައެކެވެ. މިކަންކަމަކީ ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެވެސް ކަންކަމެވެ. 
ބައެއް ބައްޕައިން އެމީހުންގެ ދަރިންނަށް އަޅައިނުލާ ތިބެގެން ދުރު މީހުންނަށް އެހީތެރިވެ ޞަދަޤާތްކޮށްވެސް ހަދައެވެ. ޞަދަޤާތްކުރަންވެސް ފުރުރަތަމަ އޮތީ ގާތުން ދުރަށެވެ.  
އަހުރެންގެ ނަޞީޙަތަކީ ފަހުދިހައިގެ މާތްކަމާއި ބަރަކާތް ލިބުން އެދިގެން ކުރާ ކަންކަމުގެ ތެރޭގައި ހިމަނައިގެން މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ. އެހީތެރިނުވެވޭ ދަރިއަކު ހުރިނަމަ އަވަހަށް އެހީތެރިވާން ފަށާށެވެ! ހަމަ އެއާއިއެކު އަނބިމީހާގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ކުރުންވެސް ހުއްޓައިލާށެވެ! އަދި އަނބިންވެސް ފިރިންނަށް އިޚްލާޞްތެރިވާށެވެ!  
ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދިގެން ކުރަން އޮތް ފުރަތަމަ ކަމަކީ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ރަމަމާން މަހުގެ ފަހު ދިހައަކީ މިކަމަށް އެންމެ ބޮޑަށް ސަމާލުކަންދީ ހީވާގިވާންޖެހޭނެ ދުވަސްތަކެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ