އިސްރާއީލުގެ ޖައްބާރު ސިފައިން ބަޑިން ހަމަލާދީ ޣާޒާގެ އެހީ ފޯރުކޮށްދެމުން ދިޔަ ސަރަހައްދެއްގައި ފުށް ހޯދުމަށް މަޑުކޮށްގެން ތިބި ފަލަސްތީނުގެ 51 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާ އާއި އެނޫން ވެސް ބައެއް ފަލަސްތީނުގެ ސިޓީތަކުގައި އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށް ކާބޯތަކެތި ހޯދަން ގޮސްތިބޭ ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ހަމަލާދީ ޝަހީދު ކުރުމަކީ އިސްރާއީލުން މިފަހަކަށް އައިސް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
މަންޒަރުދުއް މީހުންނާއި އެހީ ބެހުމުގައި މަސައްކަތްކުރާ މީހުންނާއި ހަވާލާދީ ބީބީސީން މިއަދު ރިޕޯޓްކޮށްފަައިވާ ގޮތުގައި ދެކުނު ޣާއްޒާގައި އެހީ ބެހުމުގެ ސަރަހައްދެއްގެ ކައިރީގައި އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ 51 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުކޮށްލައި، އަދި ގިނަ އަދަދެއްގެ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
ހަމާސް ހިންގާ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ ހާން ޔޫނިސްގައި ހުރި އެހީގެ ސަރަހައްދުގެ ކައިރީގައި ތިބި ޖަމާއަތަކަށް ވެސް އިސްރާއީލް ސިފައިން ބަޑިން ހަމަލާދީފައިވާ ކަމަށެވެ. އަދި މި ހަމަލާގައި 200 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޒަހަމްވެފައިވާ ކަމަށް ބުނެފަވެއެވެ.
މިއީ ފަހަކަށް އައިސް ޣާއްޒާގެ އެހީ ފޯރުކޮށްދޭ ސަރަހައްދުތަކުގައި ދުވާލަކު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެންމެ ގިނަ މަރު ހިނގާފައިވާ ހާދިސާ ކަމަށް ވެދާނެކަމަށް ބީބީސީން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ޣައްޒާގައި ހިނގާ ގިނަ މަރުތައް ގުޅިފައިވަނީ ހަމާސްގެ އަމާޒުތަކަށް އިސްރާއީލުން ދޭ ހަމަލާތަކަށްވުރެ އެހީ ފޯރުކޮށްދޭ ތަންތަނަށް ދޭ ހަމަލާތަކާއެވެ.
މަންޒަރުދުށް މީހުންނާއި ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާގޮތުގައި ހާން ޔޫނިސްގެ އިރުމަތީގައިވާ ޖަންކްޝަނެއްގެ ކައިރީގައި އެހީގެ މަރުކަޒަކަށަ އެހީ ހޯދުމަށް ގޮސްތިބި މީހުންގެ ގަޔަށް ވެސް އިސްރާއީލް ސިފައިން ވަނީ ބަޑިޖަހާފައެވެ. މިއީ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ސަރަހައްދަކުން ފުށް ލިބޭތޯ ފަލަސްތީނުގެ އެތައްހާސް ބަޔަކު އެއްވެފައި ތިބި ތަނެކެވެ. މި ސަރަހައްދުގައި ކޮމިއުނިޓީ ބަދިގެއެއްވެސް ހިމެނެއެވެ.
ލޯކަލް ނޫސްވެރިއަކާއި މަންޒަރުދުށް މީހުން ބުނާ ގޮތުގައި އިސްރާއީލުން ޑްރޯންތަކުން ވެސް ހަމަލާދީފައިވާއިރު، ދެ މިސައިލުން ވެސް ވަނީ ހަމަލާދީފައެވެ. އޭގެ ކުޑައިރުކޮޅެއްގެ ފަހުން ޖަމާވެފައި ތިބި މީހުންނާ 400 އާއި 500 މީޓަރު ދުރުގައި ހުރި އިސްރާއީލީ ޓޭންކަކުން ބަޑިން ހަމަލާދީފަވެއެވެ. މި ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ޒަޚަމްވިކަމަށް ބީބީސީން ރިޕޯޓްކޮށްފަވެއެވެ.
އިސްރާއީލްގެ މި ހަމަލާތަކުގައި ޒަޚަމްވި މީހުން ގެންދިޔަ މި ސަރަހައްދުގެ މައި ހޮސްޕިޓަލް، ނަސްރު ހޮސްޕިޓަލް ވަނީ ފުރިފައެވެ. އަދި އެ ހޮސްޕިޓަލް އޯވަރކްރައުޑްވެފައިވާތީ ގިނަ ޒަހަމްވި މީހުން ތިބީ ބިންމަތީ ބައިތިއްބާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޣާއްޒާގައި ފުށް ހޯދަން ގޮސްތިބި 51 މީހަކު ޝަހީދުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ