އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ ފޮރިންގ މިނިސްޓަރުންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ފޮރިންގ މިނިސްޓަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. ހާރިޖީ ވަޒީރު އެކްސްގައި ކުރެްވު ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ ގިންޖެހުންތަކާ ބެހޭގޮތުން ވާހަކަދެކެވިގެންދާނޭކަމަށެވެ. މި ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކުގެ ހާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މި މި ބައްދަލުވުމުގައި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގުތުން އިތުރަށް މަޝްވަރާކުރެއްވުމަށް ނިންމަވާފައިވާކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ. މިއީ އޯއައިސީގެ ހާރިޖީ ވަޒީރުންގެ 51 ވަނަ ބައްދަލުވުމެވެ.
މިފަހަރުގެ ބައްދަލުވުން ކުރިއަށްމިދަނީ، އިސްލާމީ ގައުމުތަކަށް ބޮޑެތޮ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެއެވެ. މޮގޮތުން ފަލަސްތީނާ ދެކޮޅަށް އިޒްރާއީލުން ކުރިއަށްގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ޖަރީމާގެ އިތުރުން އިޒްރާއީލުން އީރާނާ ދެކޮޅަށް އިސްވެ ދޭންފެށި ހަމަލާތަކާއެކު ފެށިގެންދިޔަ ހަމަލާ ބަދަލުކުރުންތަކަކީ މިހާރު އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައި އޮތް އެންމެބޮޑު ގޮންޖެހުމެވެ.
ހަބަރުތައް ބުނާގޮތުގައި މިފަހަރުގެ ބައްދަލުވުމުގައި މި ދެ މައްސަލާގައި ފުޅާދާއިރާއެއްގައި ވާހަކަތައް ދެއްކުމަށް ވަނީ ނިންމާފައެވެ.
ހާރިޖީ ވަޒީރު ޑރ.ހަލީލް، އޯއައިސީގެ ހާރިޖީވަޒީރުންގެ ބައްދަލުވުމުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ