މާލޭ ގެއެއްގެ ދެވަނަ ފަންގިފިލައިން އަންހެނަކު ވެއްޓި ފަރުވާދެނީ

މާލޭ ގެއެއްގެ ދެވަނަ ފަންގިފިލައިން އަންހެނަކު ވެއްޓިގެން ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލައިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4 ޖަހާއެހާކަންހާއިރު ކަމަށެވެ.
ތަފްސީލު - އެ ހާދިސާގައި އަންހެން މީހާގެ ދެ ފަައިގެ ކުޑަހުޅުން ނެއްޓި އޯޕަން ފްރެކްޗާއެއްވެފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ