އިންޑިއާގެ ތާރީހުން ޖާގަ ހޯދާ, ފަގީރުކަން ނައްތާލާ ފުރަތަމަ ސްޓޭޓަކަށް ނޮވެމްބަރު މަހުން ފެށިގެން އެގައުމުގެ ސްޓޭޓެއް ކަމަށްވާ ކެރަލާ ވެގެންދާނެކަން ހާމަކޮށްފި އެވެ.
ކެރެލާގެ ސްޓޭޓް ސަރުކާރުން އެ ސްޓޭޓުގައި ފަގީރުކަން ނައްތާލުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. އެއީ އެކަށީގެންވާ ކާނާ، ބޯހިޔާވަހިކަން، އާމްދަނީ ނުވަތަ ސިއްހީ ހިދުމަތް ނުލިބި ދިރިއުޅެމުންދާ ގާތްގަނޑަކަށް 64،000 އާއިލާ ދެނެގަތުމަށް އެ ސްޓޭޓްގެ ސަރުކާރުން ކުރި މަސައްކަތްތަކަށްފަހު އެެވެ.
މި މަސައްކަތްތަކުގެ ތެރެއިން ބައެއް މީހުންނަށް ބިން އަދި ބޯހިޔާވަހިކަން ލިބުނުއިރު، ބައެއް މީހުންނަށް ކުދިކުދި ވިޔަފާރިތައް ފެށުމަށް ސަރުކާރުން އެހީތެރިވެދީފައިވެ އެވެ. އަދި ސިއްހީ އެކި އެކި ކަންކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނެވެ.
ކުޑުންބަޝްރީ ފަދަ ކޮމިއުނިޓީ ގްރޫޕްތަކުން ވަނީ އެހީ ލިބުމުގައި އެއްވެސް މީހަކު ބާކީނުވާނެކަން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ކެރަލާ އިން ތައުލީމާއި، ސިއްހީ ހިދުމަތާއި، އިޖުތިމާއީ ކަންކަމަށް ދިގު މުއްދަތަކަށް ސަމާލުކަން ދިނުމަކީވެސް މި ކާމިޔާބީ ހާސިލްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއި ވިޖަޔަން ބުނެފައިވަނީ, ކެރެލާއިން ފަގީރުކަން ނައްތާލުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.
"ކެރަލާ އިން ވަނީ ފަގީރުކަން ނައްތާލުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. މިއީ ދުނިޔެއަށް ދޭ ވަރުގަދަ މެސެޖެއް. އެއީ، ސަރުކާރާއި، އާންމުންނާއި، ސަރުކާރުގެ އެކި ދާއިރާތައް ގުޅިގެން ކުރާ މަސައްކަތުން، ފަގީރުކަން ނައްތާލެވިދާނެކަމުގެ މެސެޖު" އޭނާ ބުނެފައިވެ އެވެ.
ޤައުމީ ފަގީރުކަމުގެ އިންޑެކްސް އަށް ބަލާއިރު, 2019 އިން 2021 އަށް ކެރަލާގައި ފަގީރު މީހުންގެ އާބާދީ އަކީ އެންމެ 0.55 އިންސައްތަ މީހުންނެވެ. ކެރެލާގެ ސްޓޭޓް ސަރުކާރުން ބުނާގޮތުގައި މިހާރު ކޮންމެ އާއިލާއަކަށްވެސް އަސާސީ ބޭނުންތައް ފުއްދުމުގެ ފޯރުންތެރިކަން ލިބިފައިވާއިރު، މިއީ އިޖުތިމާއީ ކުރިއެރުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ފަގީރުކަން ނައްތާލާ އިންޑިއާގެ ފުތަރަމަ ސްޓޭޓަކަށް ކެރަލާ ފަގީރުކަން ނައްތާލާ އިންޑިއާގެ ފުތަރަމަ ސްޓޭޓަކަށް ކެރަލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ