އުމްރާއަށް ގެންދާނެ ކަމަށް ބުނެ މިދިޔަ އަހަރު 500،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން މީހުންގެ އަތުން ނަގައި އުމްރާއަށް ނުގެންދިޔަ މައްސަލައިގައި، މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލާން މިދިޔަ އާދީއްތަދުވަހު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން އޭނާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކުރީ، 48 މީހެއްގެ ޓިކެޓު ގަންނަން އޭސް އޭވިއޭޝަން އަދި އޭޝް ޓްރެވެލްގެ ކުންފުންޏަށް ފޮނުވި ޗެކްތައް ބައުންސްވި މައްސަލާގައި ދައުލަތުން އުފުލި މަކަރާއި ހިލާތް ހެދުމުގެ ދައުވާގަ އެވެ.
އެ މައްސަލާގައި ބުނެފައި ވަނީ:
ޖުމުލަ 546،176 ރުފިޔާ ހިމެނޭ ޗެކްތަކުގައިވާ މަޝްއަރު ކުންފުނީގެ ބޭންކް އެކައުންޓުން ފައިސާ ހޯދުމަށް ބޭންކަށް ފޮނުވި އިރު އެ އެކައުންޓްގައި އެ ވަރަށް ފައިސާއެއް ނެތް
މި ފައިސާ އަނބުރާ ރައްދުކޮށްދީފައެއްނުވޭ
ތަފްސީލް - ކްރިމިނަލް ކޯޓުން ހިންގި ޝަރީއަތުގައި ފާރިޝް ބުނެފައި ވަނީ:
މިއީ ކުންފުންޏަކުން ހިންގާފައިވާ މުއާމަލާތަކަށް ވުމުން މި މައްސަލާގައި ދައުވާކުރަން ޖެހޭނީ އެ ކުންފުންޏަކަށް ކަމަށް
މިއީ މުއާމަލާތެއްގެ ތެރެއިން ދިމާވި ކަމަކަށް ވެފައި ފައިސާ އަނބުރާ ނުދެވި ވަނީ ފާރިޝްގެ ނުރަނގަޅު ނިޔަތެއް އޮވެގެން ނޫން ކަމަށް
ފާރިޝްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވި ނިންމުމުގައި ވަނީ:
އަލްމަޝްއަރު ކުންފުނީގެ ކޮންޓްރޯލް އޮތް ފަރާތަކީ ފާރިޝްކަން، އަދި ހިންގުމުގެ އިސް ފަރާތަކީ ވެސް ފާރިޝްކަން ލިޔެކިއުންތަކުން އެނގޭ
ޗެކް ދޫކުރިއިރު ވެސް އެކައުންޓްގައި ފައިސާ ނެތްކަން ފާރިޝްއަށް އެނގޭ؛ ފައިސާ ދޫކުރީ ކުރިއަށް އޮތް ތަނުގައި ފައިސާ ލިބޭނެ ކަމަށް ބަލާފައި ކަމަށް ފާރިޝް ތަހުގީގުގައި ބުނެފައިވޭ
މި މައްސަލާގައި ގެއްލުން ލިބުނު ދެ ކުންފުންޏާ މުއާމަލާތް ކުރިއިރު ވެސް ފާރިޝް ކަންކަން ފޮރުވައި އޮޅުވާލަން މަސައްކަތްކުރާ ގޮތަށް ވާހަކަ ދައްކާފައިވޭ
އެހެންވެ ކޯޓުން ހުކުމްކުރީ:
ތިން އަަހަރާއި ދެ މަހާއި 12 ދުވަހަށް ފާރިޝް ޖަލަށް ލުމަށް
ގެއްލުން ލިބުނު ދެ ކުންފުންޏަށް ޖުމުލަ 406،321.93 ރުފިޔާ ދެ އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް ދިނުމަށް
އެނގުން މުހިންމު - ފާރިޝްގެ މައްޗަށް ޓެކުމުގެ ހަ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް ވެސް އުފުލި އެވެ.
ގުޅުން ހުރި - މިދިޔަ އަހަރު މީހުން އުމްރާގެ އަޅުކަމަށް ގެންދިއުމުގައި 19 ކުންފުންޏަކުން އުސޫލާ ހިލާފުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ކުންފުނިތައް 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އޭރު ބުންޏެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރުގެ އުސޫލުގައިވާ ގޮތުން އެ އުސޫލާ ހިލާފުވާ ޖަމާއަތްތައް 1،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. ވަގުތީ ގޮތުން ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލްކުރުމުގެ އިހުތިޔާރު ވެސް މިނިސްޓްރީއަށް ލިބެ އެވެ.
އުމްރާއަށް ފޮނުވުމުގައި މަކަރު ހެދި މަޝްއަރު ގްރޫޕުގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ