ށ. ގޮއިދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްދިނުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
މި މިސްކިތުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މިސްކިތު ބިންގާ އަޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް އާއި ށ. ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު އެވެ.
އަމިއްލަ ފަރާތެއްގެ ހިލޭ އެހިއާއި އެއްބާރުލުމުގެ ދަށުން ގޮއިދޫ ބަނދަރު ސަރަހައްދުގައި ބިނާކުރެވޭ މި މިސްކިތަކީ އެ ރަށުގެ އާބާދީއަށް ބަލާއިރު ޖާގަބޮޑު ޒަމާނީ މިސްކިތެކެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިގޮތުން މި މިސްކިތު ދެ ފަރާތުގައި ވުޟޫކުރާ ބަޔަކާއި، ފާހަނައެއްގެ އިތުރުން ފިރިހެނުން އަދި އަންހެނުންގެ ނަމާދު ބައި އަދި، ލައިބުރަރީ އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޮއިދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި މިސްކިތް ބިނާކުރުމުގެ މަޝްރޫޢޫގެ ދަށުން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މިސްކިތް ބިނާކޮށް އެ ކައުންސިލާއި ހަވާލުކުރަން ހަމަޖެހިފައިވާކަމަށެވެ.
މީގެ އިތުރުން މިސްކިތް ބިނާކުރުމަށް ހިލޭ އެހީ ދެއްވި ފަރާތުގެ އެހީ ފާހަގަކޮށް، އެ ފަރާތައް ގޮއިދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ފަރާތުން ޝުކުރުދަންނަވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަމިއްލަ ފަރާތަކުން ށ.ގޮއިދޫގައި ބިނާކޮށްދޭ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ