ސައިފްއާ ނާޒިމާ ވެސް ޑިމޮކްރެޓްސް ދޫކޮށްލާ އަލުން އެމްޑީޕީއާ ގުޅިއްޖެ

އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ކަމަށްވާ ސައިފް ފާތިހް އާއި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އެމްޑީޕީއާ އަލުން ގުޅިއްޖެ އެވެ.
އެ ދެ ކައުންސިލަރުން އަލުން އެމްޑީޕީއާ ގުޅިފައި މިވަނީ ހިނގަމުންދާ ކައުންސިލްގެ ދައުރު ނިމި އަލުން އައު ކައުންސިލަރުން ހޮވުމަށް އިންތިހާބު ބޭއްވުމުގެ ވަގުތު ކުޑަތަންވަމުން ދަނިކޮށެވެ. ނާޒިމާ އާއި ސައިފް އަކީ ވެސް އެމްޑީޕީގައި އުފެދުނު ހިޔާލުތަފާތުވުމުގައި އެ ޕާޓީ ދޫކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ދަ ޑިމޮކްރެޓްސްއަށް ދިޔަ ދެ ބޭފުޅުންނެވެ.
ހިނގަމުންދާ ކައުންސިލްގެ ދައުރަށް މި ދެ ބޭފުޅުން ހޮވުނީވެސް އެމްޑީޕީގެ ޓިކެޓްގަ އެވެ. މި ދެ ބޭފުޅުން ވެސް އައު ދައުރަށް ވެސް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.
އެމްޑީޕީ "ރޫޅާލަން" ނިކުމެ ޑިމޮކްރެޓުންނަށް ކާމިޔާބީއެއް ނުލިބި ޑިމޮކްރެޓްސްގެ އިސް ހުރިހާ ބޭފުޅުން އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެހެން ކަމުން ވަރަށް އަވަހަށް ޑިމޮކްރެޓްސް އުވިދާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ