މެސީއާ ބައްދަލުކުރީ ސަޕޯޓަރެއްގެ ގޮތުގައި: ޗެތުރީ މެސީއާ ބައްދަލުކުރީ ސަޕޯޓަރެއްގެ ގޮތުގައި: ޗެތުރީ

މުމްބާއި، އިންޑިއާ (ޑިސެމްބަރު 15) - އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ، އިންޑިއާ އަށް ކުރާ ދަތުުރުގެ ތެރެއިން އޭނާއާ ބައްދަލުކުރީ ސަޕޯޓަރެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ކެޕްޓަން، ސުނިލް ޗެތުރީ ބުނެފި އެވެ.
އިންޑިއާގެ ސަރުކާރުންނާއި ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ހޭދަތަކެއް ކޮށްގެން، މެސީ، އިންޑިއާ އަށް ގެނެސްގެން ކުރިއަށްގެންދާ، "ގޯޓް ވިޒިޓް އިންޑިއާ ޓުއާ" ގައި ވަނީ ކަލްކަތާ، ހައިދަރުއާބާދު އަދި މުމްބާއިގެ އިވެންޓްތައް ނިންމާލައިފަ އެވެ.
އެ ގޮތުން، ރޭ މުމްބާއިގެ ވަންކެޑޭ ސްޓޭޑިއަމްގައި ކުރިއަށްދިޔަ އިވެންޓްގައި ޗެތުރީ ވަނީ މެސީއާ ބައްދަލުކޮށްފަ އެވެ. މެސީ ވަނީ ސޮއިކޮށްފައިވާ ޖޯޒީއެއް ޗެތުރީ އަށް ހަދިޔާކޮށްފަ އެވެ.
މެސީއާ އެކު، ޗެތުރީގެ ބައްދަލުވުމެއް ބާއްވަން، މި އިވެންޓްގެ އޮގަނައިޒަރުން އެންމެ ފުރަތަމަ ހުށަހެޅުމުން ޗެތުރީ ވަނީ ރިޕޯޓްތައް ބުނާގޮތުން އެ އޮފާ އަށް ފުރަގަސްދީފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، މި ވަގުތު އިންޑިއާ ފުޓްބޯޅަައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، މެސީ ފަދަ ކުޅުންތެރިއަކު ގެނެސްގެން، ފުޓްބޯޅައިގެ ހަރަކާތް މަދުކޮށް ހިންގާ ކަންތައްތަކެއްގައި ބައިވެރިވާން ބޭނުންނުވާތީ ކަމަށެވެ. އެހެން ނަމަވެސް، މީޑިއާގައި ދެކެވުނު ވާހަަކަތަކާ ހިލާފަށް ޗެތުރީ ވަނީ މެސީއާ ބައްދަލު ވެސް ކޮށްފަ އެވެ.
އިންޑިއާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީ، އިންޑިއާ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޗެތުރީ ވަނީ މެސީއާ ބައްދަލުކުރުމާ ބެހޭގޮތުން އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ.
ޗެތުރީ ބުނީ، މި ބައްދަލުވުމުގެ ކަންތައްތައް ފުރަތަމަ ދިޔައީ އަމިއްލަ ނަފްސާ ދެމެދު ދިޔަ "ފައިޓެއް" ގޮތަށް ކަމަށާއި މޮޅުވީ، ފުޓްބޯޅައިގެ ސަޕޯޓަރެއް ކަމަށެވެ.
"ފުޓްބޯޅަ ސަޕޯޓަރު ސުނިލް ޗެތުރީ މި ބަލިކުރީ، ސުނިލް ޗެތުރީ ޕްރޯ. މި ކަމަށްޓަކައި މި ފަހަރު އުފާކުރަން،" ޗެތުރީ ލިޔެފައިވެ އެވެ.
މި ވަގުތު އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ޗެތުރީ ބުނީ، އާންމު ގޮތެއްގައި މި ފަދަ ހާލަތެއްގައި، އޭނާ އިސްކަން ދެނީ ފިޒިއޯ އިންނާ އެކު އުޅެެ، އަލުން ފިޓްވުމަށް ކަމަށެވެ. އަދި، އެ ކަހަލަ ވަގުތެއްގައި، ހަރަކާތްތެރިކޮށް އުޅެ މީހުންގެ ތެރޭގައި އުޅުމަށް އޭނާ ބޭނުންނުވިޔަސް، ހާލަތުގެ ސަބަބުން ކަންކަން ބަދަލުކުރަން ޖެހުނީ ކަމަށެެވެ.
ޗެތުރީ ބުނީ، މުމްބާއި އަށް މި އިވެންޓްގައި ބައިވެރިވުމަށް އޮތް ފުރުސަތު ހަނިވެގެންދިޔަ ކަމަށާއި އެކަމަކު، ހިތްވަރާ އެކު، މި މި އިވެންޓްގައި ބައިވެރިވުމަށް ބޭނުންވީ، މިއީ، އޭނާގެ ހަޔާތުގައި ވެސް ދެން އަލުން ނުލިބިދާނެ ފަދަ ވަގުތުތަކެއްގެ ގޮތުގައި ބެލެވުމުން ކަމަށެވެ. އަދި، މެސީ އަކީ މާޔޫސްކަމުން އަރައިގަންނަން އޭނާ އަށް ލިބިގެންދިޔަ ހިތްވަރު ކަމަށް ޗެތުރީ ވަނީ ފާހަގަކޮށްފަ އެވެ.
"މެސީއާ ބައްދަލުކޮށް ފުޓްބޯޅަ އަށް ޓަކައި އޭނާ ކޮށްދިން ކަންތައްތައް ގާތުގައި ހުރެ ބުނެދެވުމަކީ، އަހަރެން ދެކުނު ހުވަފެނެއް ހާސިލްވުން، އަދި އަހަރެން އަދާކުރި ޒިންމާއެއް،" ޗެތުރީ ބުންޏެވެ.
ޗެތުރީ ވަނީ، މި އިވެންޓްގައި މެސީގެ އިތުރުން، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރޮޑްރީގޯ ޑެ ޕޯލް ފަދަ ކުޅުންތެރިއަކާ ބައްދަލުވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި، އޭނާއާ އެއް ޖީލެއްގައި ފެނުނު އެންމެ ފުރިހަމަ އެއް ފޯވާޑް ކަމަށްވާ ލުއިސް ސުއަރޭޒާ ބައްދަލުވުމަކީ ވެސް ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ޗެތުރީ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ