ތޭރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ޓީޗަރަކު ހައްޔަރު ކޮށްފި

ތޭރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ.
ހުޅުމާލެ ފުލުހަށް މި މައްސަލަ ހުށައެޅުމުން އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަަމަށް ބުންޏެވެ.
އަދި ބުނީ މައްސަލައިގެ ތުހުމަތަށް ދިވެހި ފިިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އުމުރުން 46 އަހަރުގެ އެ މީހާއަކީ ޓީޗަރެއް ކަަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ