ފަނޑިޔާރުންގެ ހަތްވަނަ ބެޗު އިންޑިއާއަށް ތަމްރީނަށް ފޮނުވަނީ
އަވައްޓެރި އިންޑިއާގައި ހިންގާ ތަމްރީނު ޕްރޮގްރާމަކަށް ދިވެހި ފަނޑިޔާރުންތަކެއް ފުރައިފިއެވެ. ސުޕްރީމް ކޯޓުން ބުނީ، ރާއްޖޭގެ އެކި ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން، މި މަހުގެ އަށްވަނަ ދުވަހުން 12ވަނަ ދުވަހަށް އޮންނަ އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. https://x.com/judiciarymv/status/1996547009139073182 ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށްގެން ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ފަނޑިޔާރުންނަށް މިއަދު ވަނީ ޚާއްސަ ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާގައި އިންޑިއާގެ ސަފީރު ބަލަސުބްރަމާނިއަނާއި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސްނީ މުބާރިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. https://x.com/HCIMaldives/status/1996584811830595713 މިއީ ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށް މި ޕްރޮގްރާމް ބާއްވާ ހަތްވަނަ ފަހަރެވެ. އިންޑިއާގެ ގައުމީ ޖުޑީޝަލް އެކެޑަމީ (އެންޖޭއޭއައި)އާއި ޖޭއެސްސީ ގުޅިގެން ދިވެހި ފަނޑިޔާރުންނަށް ތަމްރީނު ދިނުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރީ ފެބްރުއަރީ 11، 2020ގައެވެ. އެ ފަހުމުނާމާގެ ސަބަބުން ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތު ލިބިގެންދާނެ ކަމަށް ޖޭއެސްސީން މީގެ ކުރިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ