މިރޭ އިރާކޮޅުގެ ވަގުތެއްގައި ކުރުނބާ ރިސޯޓްކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މެރިން ޕޮލިހުންވެސް ވަނީ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގިކަން ޔަގީންކޮށްދީފައެވެ. މެރިން ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ 19:15 ހާއިރުކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވި އެކަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަނިޔާވި މީހާގެ ކޮނޑުހުޅު ނެއްޓިފައިވާަކަމަށް މައުލޫމާތު ލިބެއެވެ. އެކްސިޑެންޓްވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެސަރަހައްދަށް މެރިން ފުލުހުން ގޮސް ވަނީ ހަރަކާތްތެރިވެފައެވެ.
މިދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ..
ކުރުނބާ ކައިރިން ދެ ލޯންޗެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ