އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ކަނޑައެޅުމަށް މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދާނެގޮތެއް ކަނޑައެޅުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި މުގައްރިރާއި ނައިބު މުގައްރިރުގެ ނަން ފާސްވީ ކޮމެޓީގެ އިއްތިފާގުންނެވެ.
ދެ ބޭފުޅުންގެ ނަން ހުށަހެލުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު
ތަފްސީލް - މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މި މަހު 19 އަށް ބަޖެޓު ދިރާސާކޮށް ނިންމަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ޖުމްލަ ބަޖެޓު - 64 ބިލިއަން ރުފިޔާ
ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ
ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ
ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ
ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ
ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ
ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް ޖުމްލަ 22 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައި
މިއަދުގެ ބައްދަލުވުން ނިންމާލީ އަންނަ އާދިއްތަ ދުވަހު ބަޖެޓު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާނެކަން އިއުލާނު ކުރުމަށް ފަހު އެވެ.
ބަޖެޓު ކޮމެޓީގެ މުގައްރިރަކަށް ސަލީމު، ނައިބަކަށް ފަޒާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ