އެމެރިކާ އާއި އިރާނުން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި

އެމެރިކާ އާއި އިރާނާ ދެމެދު މިދިޔަ އޭޕްރީލް މަހުން ފެށިގެން ގާއިމުކޮށްފައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދެ ގައުމުގެ މެދުގައި ވަރުގަދަ އަސްކަރީ ހަމަލާތަކެއް އަނެއްކާވެސް ބަދަލުކުރަން ފަށައިފިއެވެ.
މި ހަމަލާގެ ބަދަލުހިފުމެއްގެ ގޮތުން އިރާނުން ކުވެއިތުގައި ހުރި އެމެރިކާގެ ދެ ވައިގެ މަރުކަޒަކަށާއި ބަހްރޭންގައި ހުރި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށް ހަތް ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް ބަހްރޭން އަދި ކުވެއިތުން ބުނެފައިވަނީ އިރާނުގެ މިސައިލްތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން މުޅި މެދުއިރުމަތީގައި ހަނގުރާމަ ފެތުރި، އިރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ