މިއަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރާނަން: ނަޝީދު

ރައީސް  މުހައްމަދު މުއިއްޒުގެ ވެރިކަން މިއަހަރު ނިމުމުގެ ކުރިން ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތަކަސް، މާލޭ ރައްޔިތަކަސް އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް މިއަދު ސޯބެ އެ މަގާމަށް ހޮވަން އުޅޭ ސަބަބެއް ނޯޅޭނެ ކަމަށެވެ. އެއީ "މި ވެރިކަން ބަދަލުކުރަން" ކަމަށް ނަޝީދު ވިދާޅުވިއެވެ."މި އަހަރު ނިމުމުގެ ކުރީގައި މި ވެރިކަން ބަދަލުކުރާން ވެއްޖެ. ހާސްވެ ނުލައްވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު، ތަނަވަސް އަގުލަބިއްތު އިތުބާރު ނެތް ކަމަށް ނެގޭ މިންވަރަށް ވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި އެކަން ހާސިލު ވާނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެވިގެންނެވެ. މީގެ އިތުރުން މި ވެރިކަން ބަދަލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ."ސޯބެ އޭގެން މަދުވެގެން އަޅުގަނޑުމެންނަށް މިކަމެއް ނުވާނެ. ރައީސް ޔާމީންވެސް އެ ހުންނެވީ މިކަން ކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ. މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، މިދިޔަ މަހުގެ 4 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނެތޯ ނެގި ރިފަރެންޑަމްއިން ރައީސް މުއިއްޒު ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ