ޖަރުމަނުގެ ކޯޗަކަށް ކްލޮޕް ހަމަޖައްސައިފި

ޖަރުމަން
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެ ގައުމަށް ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗު ޔާގެން
ކްލޮޕް ހަމަޖައްސައިފި އެވެ.
ވޯލްޑް
ކަޕުގެ ގަދަ 32 ޓީމުގެ ބުރުގެ ޖަރުމަން ކެޓުމުން ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ
ވަކިކޮށްފަ އެވެ.
މަޝްހޫރު
ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ މިއަދު ކުރި ޓްވީޓެއްގައި ވަނީ ޖަރުމަނުން އެ
މަގާމަށް ކްލޮޕް ހަމަޖެއްސިކަން ކަށަވަރުކޮށްދީފަ އެވެ.
ކްލޮޕް
މިވަގުތު ހުރީ ރެޑްބުލް ގްރޫޕުގެ ހެޑް އޮފް ގްލޯބަލް ސޮކާގެ މަގާމުގަ އެވެ. އެ
މަގާމުން އޭނާ ވަކިވުމުގެ މަޝްވަރާތަކާއި، ޖަރުމަން ޓީމާ އެކު ހަދާނެ
ކޮންޓްރެކްޓުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
ކްލޮޕް
އެ މަގާމަށް ހަމަޖެއްސިކަން ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުން ރަސްމީކޮށް
އިއުލާންކުރާނީ ކޮންޓްރެކްޓުގައި ސޮއިކުރުމަށް ފަހު އެވެ.
ޖަރުމަނުގެ
ބޮރޫޝިއާ ޑޯޓްމަންޑުގައި މަޝްހޫރުކަން ހޯދި ކްލޮޕް ވަނީ އެ ކްލަބާއި،
އިންގްލެންޑުގެ ލިވަޕޫލުގައި ވަރުގަދަ ޓީމެއް ބިނާކޮށް ބޮޑެތި ކާމިޔާބީތަކެއް
ހޯދައިފަ އެވެ. ޖަރުމަން ލީގާއި، އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދައި ޔޫރަޕުގެ
ތަށި ވެސް ހޯދި އެވެ. އޭނާ އަކީ ޓީމު މޯޓިވޭޓްކުރުމުގައި އާދަޔާހިލާފު މީހެކެވެ.
އަދި އެގްރެސިވް ޕްރެސިން ސިސްޓަމަކަށް ކުޅުވާ ކޯޗެކެވެ.
ޖަރުމަނުން
2014 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން މުބާރާތުގައި އެކަށީގެންވާ ނަތީޖާއެއް
ނުނެރެވެ އެވެ. އެގޮތުން 2018 އާއި 2022 ގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރު
ގަދަ 32 ޓީމުގެ ބުރުން ކެޓީ ޕެރެގުއޭ އަތުންނެވެ. ހަންސީ ފްލިކް އާއި ނާގަލްސްމަން
އަށް ވެސް ޓީމު ހަމަޔަކަށް ނޭޅުވުނެވެ.
ކްލޮޕްގެ
ކޯޗުކަމުގައި ޖަރުމަން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ސެޕްޓެމްބަރު 24 ގައި ޔުއެފާ
ނޭޝަންސް ލީގުގައި ވާދަކުރާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ