މޫސުން ގޯސް ފަސް ދުވަސް | ބޯކޮށް ވިއްސާރަކޮށް ގުގުރާނެ

އެ އިދާރާއިން ބުނި ގޮތުގައި އެންމެ ބޮޑަށް ވިއްސާރަކުރާނީ ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށެވެ. އެ ސަރަހައްދުތަކަށް ކުރިއަށް އޮތް ފަސް ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. 
އެ އިދާރާއިން ބުނި ގޮތުގައި އެންމެ ބޮޑަށް ވިއްސާރަކުރާނީ ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށެވެ. އެ ސަރަހައްދުތަކަށް ކުރިއަށް އޮތް ފަސް ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ. 
އަދި ހުޅަނގު ދެކުނާއި ހުޅަނގުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކުރެ އެވެ. އަދި އެހެނިހެން ސަރަހައްދުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމުގައި އަންދާޒާކުރެ އެވެ. 
މެޓު އޮފީހުން އަންދާޒާކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ކުރިއަށް އޮތް ފަސް ދުވަހު ވައިގދަވާނެ އެވެ. 
ދެކުނުގެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެނިހެން ސަރަހައްދުތަކުގައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމުގައި މެޓު އޮފީހުން ބުނެފައިވެ އެވެ. 
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމުގައި ބެލެވޭތީ މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ