ސިވިލް ކޯޓުގެ ގާޒީ ފަހީމުގެ ސުލޫކީ މައްސަލައެއް ސާބިތުވުމުން ނަސޭހަތް ދެނީ

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ބެއްލެވި މައްސަލައެއްގައި ހިމެނޭ ފަރާތްތަކުގެ ގައިރު ހާޒިރުގައި އެ މައްސަލަ ބައްލަވައި ހުކުމް ކުރެއްވި މައްސަލައިގައި އޭނާއަށް ސުލޫކީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުގެ ޤާޟީ ހަސަން ފަހީމް އިބްރާހީމް އާއި ބެހޭގޮތުން ކޮމިޝަނުން ތަހުޤީޤުކުރި ބައެއް މައްސަލަތަކުގައި ޤާޟީ ހަސަން ފަހީމް އިބްރާހީމް އަމަލުކޮށްފައިވާގޮތަށް ބަލާއިރު، މި މައްސަލަތަކުގައި ޤާޟީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް، ތަޙްޤީޤުކުރި ތަޙްޤީޤު ކޮމިޓީގެ މެމްބަރުންނަކަށް ނުފެންނަކަމަށެވެ.އެހެންނަމަވެސް، ޖޭއެސްސީން ތަހުގީގުކުރި 2019/88 މައްސަލާގައި، ޤާޟީ ހަސަން ފަހީމް އިބްރާހީމް އަމަލުކޮށްފައިވާގޮތަށް ބަލާއިރު، ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަހުޤީޤުގައި ޤާޟީ ހަސަން ފަހީމް އިބްރާހީމް އިއުތިރާފުވެފައިވާކަމަށެވެ. އަދި ޤާޟީ ފަހީމް އަމަލުކުރައްވާފައިވާ ގޮތަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަަމަށެވެ.ޖޭއެސްސީ އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ ގާޒީ ފަހީމަށް ނަސޭހަތް ދިނުމަށާއި ކޮމިޝަނުން ކަނޑައަޅާފައިވާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ