ނިމިދިޔަ ހަފްތާގައި މާލޭގެ އެކި ސަރަހައްދުތަކަށް ކުނި އެޅުމުގެ 284 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިއަދު ވަނީ މި މަހުގެ 15 އިން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓަށް އެ މުއްދަތުގެ ތެރޭގައި ޖުމްލަ 651 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން 418 މައްސަލަ ނިންމާފައިވާއިރު 233 މައްސަލައެއްގެ ފޮލޯއަޕް ހަދާފައި ވެއެވެ. އަދި އެއް ފަރާތަކަށް ނަސޭހަތް ދިން އިރު 2 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލޔން ބުނެއެވެ.
އަދި އެންމެ ގިނައިން ލިބިފައި ވަނީ، ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކެއެވެ. އެގޮތުން، މަގުތަކާއި، ގޯޅިތަކާއި ހުސްބިންތަކަށް ކުނި އެޅުމާ ގުޅޭ 284 މައްސަލަ ބަލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ގިނައިން ބަލާފައި ވަނީ އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަަތައް ކަމަށްވާއިރު މިސްކިތްތަކާއި މައިޒާންތައް އަދި ޕާކުތައް ބަލައި ޗެކްކުރުމާ ގުޅޭ 250 މައްސަލައެއް ބަލާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
އަދި ހަމަ އެހެންމެ ގަވައިދާ ހިލާފަށް މަގުމަތީގައި ވިޔަފާރި ކުރުމުގެ 7 މައްސަލައެއް ވެސް ބަލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި އާންމު ޕާކްތަކާއި މިސްކިތްތަކުގައި ނިދުމުގެ އެއް މައްސަލައެއް ވެސް ވަނީ ބަލާފައެވެ.
ރަމަޟާން މަހަކީ އެހެން މަސްތަކާ ހިލާފަށް އާދަޔާ ހިލާފަށް ކުިނި އުފެދޭ މަހަކަށްވާއިރު ގަވާއިދާ އެއްގޮތުގެ މަތިން ކުނި ނައްތާލުމަށް ސިޓީ ކައުންސިލުން އަބަދުވެސް ދަނީ ނަސޭހަތްތެރިވަމުންނެވެ.
ހުސްވި ހަފްތާގައި މާލޭގެ މަގުތަކަށް ކުނި އެޅުމުގެ 284 މައްސަލައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ