ބީއެމްއެލްއިން ލޯނާއި ފައިނޭންސިން ފެސިލިޓީ ދޫކުރާ އެންމެ މަތީ އުމުރަކަށް 75 އަހަރު
ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ފެސިލިޓީ ދޫކުރާ އެންމެ މަތީ އުމުރު 60 އިން 75 އަށް އެ ބޭންކުން މަތިކޮށްފި އެވެ. ގައުމީ ބޭންކުން ކުރިން ލޯނު ދޫކުރަމުން އައި އެންމެ މަތީ އުމުރަކީ 60 އަހަރެވެ. ނަމަވެސް މިހާރު މި ގެނައި ބަދަލާ އެކު އުމުރުން 18-75 އަހަރާ ދެމެދުގެ މީހުންނަށް ބެންކުން ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރާނެ އެވެ.ބީއެމްއެލުން އަންނަނީ ބޯހިޔާވަހިކަމަށް އެހީވުމުގެ އިތުރަޑް ތަފާތު އެކި ކަހަލަ ވިޔަފާރިތައް ކުރިއެތުމަށް ފައިނޭންސިން ފެލިސިޓީ ދޫކުރަމުންނެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ހާއްސަކޮށްގެން މާލީ އެހީތެރިކަން އަންނަނީ ފޯރުކޮށް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ