ދިރާގުން ދޭ ދެ ސްޕީޑްބޯޓްގެ ތެރެއިން ފުރަތަމަ ބޯޓް ހޯދުމަށް ބާކީ ތިން ދުވަސް
ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޫކުރާ ދެ ސްޕީޑްބޯޓުގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓް ހޯދަން ބާކީ އޮތީ އެންމެ ތިން ދުވަސް ކަމަށް ދިރާގުން ބުނެފިއެވެ. ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަންގެ ދަށުން ދޫކުރާ ދެ ސްޕީޑްބޯޓްގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު، މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. ދިރާގުން ބުނީ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައި ކަމަށެވެ. މީގެ އިތުރުން، ދިރާގު ޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި، މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް ވެސް ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ. މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނީ: ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުން އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ދިރާގާ އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މީގެއިން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު މި ލިންކުގައި ވަނީ ހިމަނައިފައެވެ. ދިރާގުން އަންނަނީ މިފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ތައާރަފުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ