އެލައިޑް ރަން އާއި ގުޅޭ ޕޯސްޓެއް ޝެއަރ ކޮށްލައިގެން "އެޕަލް އިއަރޕޮޑް ޕްރޯ 3" ހޯދުމުގެ ފުރުސަތަށް ހުޅުވާލައިފިއެވެ.
"ޝެއަރ ދަ ރަން" ގެ ނަމުގައި، އެލައިޑްގެ ވަފާތެރި ކަސްޓަމަރުންނަށާއި، އަދި އާއްމު ހުރިހާ ރައްޔިތުންނަށްވެސް ބައިވެރިވެވޭ މި ކެމްޕެއިން ކުރިއަށްދާނީ، އެޕްރީލް މަހުގެ 20 އިން އަންނަ މަހުގެ 23ގެ ނިޔަލަށެވެ.
އެލައިޑުން ބުނެފައިވަނީ، މިއީ އެކުންފުނީގެ ފަރާތުން ބާއްވާ "އެލައިޑް ހުޅުމާލެ ރަން 2026" ދުވުމުގައި ބައިވެރިވުމަށް އެދިއެދި ތިބި ފަރާތްތަކުގެ މެދުގައި، އެދުވުމުގެ ފޯރި އިތުރަށް ގަދަކޮށްލުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.
މި ކެމްޕެއިނުގައި ބައިވެރިވެލުމަށް؛
1. އިންސްޓަގްރާމްގައި "allied.mv" އަށް ފޮލޯކޮށްލައްވާ
2. "allied.mv" އަށް ޓެގްކޮށް، #AlliedHulhumaléRun2026 ހޭޝްޓެގް ހިމަނުއްވާ
3. އެލައިޑް އިންޝޫރަންސްގެ ދުވުމާއި ގުޅޭ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީސްގައި ޝެއަރ ކޮށްލައްވާ
މިގޮތަށް އެއްމެގިނަ ސްޓޯރީސް ޝެއަރ ކުރައްވާ ފަރާތަކަށް އިނާމެއްގެ ގޮތުން، "އެޕަލް އިއަރޕޮޑް ޕްރޯ 3" ލިބިލައްވާނެއެވެ.
މިއާއެކު، ހުރިހާ ބޭފުޅުންނަށްވެސް، އެލައިޑް ހުޅުމާލެ ރަން 2026 ގެ ބައިވެރިވެލެއްވުމަށް އެލައިޑުން ދައުވަތު އަރުވައެވެ.
އެލައިޑް ރަން އާއި ގުޅޭ ޕޯސްޓެއް ޝެއަރ ކޮށްލައިގެން އެޕަލް އިއަޕޮޑެއް ހޯދުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ