ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 1 އިން އަންނަ މަހު 16 އަށެވެ.
ތަފްސީލް - މި ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ މުއާމަލާތެއް ގުރުއަތުގައި ހިމެނޭނެ އެވެ.
މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެ އެވެ.
މި އިނާމު ލިބޭ ފަރާތަކަށް ލިބޭނީ:
މެލޭޝިއާގެ ޖޮހޯއަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަކުއްޖަކާއި ބޮޑު ދެ މީހުންނަށް)
ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާސް
ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން
މީގެ އިތުރުން، މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު 5 ނަސީބުވެރިން ހޮވާނެ އެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 2000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.
މެލޭޝިއާގެ ލެގޯލޭންޑަށް އާއިލީ ދަތުރެއް ހިމެނޭ ބީއެމްއެލްގެ ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ