ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު މާލެއިން ދެ މީހަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ހައްޔަރުކުރީ ގދ. މަޑަވެލި، ވަލުތެރޭގެ، މުހައްމަދު އީވާން ހާމިދު، 23 އާއި ހ. ސަކީނާމަންޒިލް، މާލެ، މުހައްމަދު ރާއިދު އަލީ އަސްއަރު، 31 ކަމަށެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ މި ހަފްތާގައި ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ބަޔަކު އަތުލައިގަތް ދެވަނަ ފަހަރެވެ.
ފުލުހުން މިދިޔަ އާދީއްތަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ ޅ. ނައިފަރު، ފަލަކް، ޝާއިން އަލީ، 27، އާއި އއ. ފެރިދޫ، އިހްރާމްގެ، އާއިޝަތު މާޝާ އަހްމަދު، 20 އެވެ.
އެ ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ޖަހާފައިވާއިރު، އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ