ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ޕްލޮޓް ގުރުލުން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުލުން މިއަދު ފަށައިފި އެވެ.
މިކަން ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަނީ، ސޯޝަލް ސެންޓަރުގަ އެވެ.
ގުރުއަތުލުން ކުރިއަށްދާ އިރު، ކޮންމެ ފަރާތަކަށް ވެސް ލިބޭ ޕްލޮޓްގެ މަޢުލޫމާތު 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެ އެވެ. އަދި އެ ފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އަންގަމުންދާނެ އެވެ.
މިނިސްޓްރީން ބުނީ ގުރުއަތުލުން ނިމުމުން ގޯތި ހަވާލު ކުރުމާއި، އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީގެ މަސައްކަތް ކުރިއަށްދާނެ ގޮތް ފަހުގެ ތާރީޚެއްގައި އިޢުލާން ކުރާނެ ކަމަށެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ބޭއްވުމަށް ކަނޑައެޅުމުން އަލަށް އެކުލަވާލި ޕްލޭންގައި ޖުމްލަ 4،072 ގޯތި ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ކުރިން މަދުވި 610 ގޯތިވެ ސް ހިމެނެ އެވެ.
ގިރާވަރުފަޅުން އިތުރަށް ހިއްކަން ޖެހޭ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ