ނިވައިކަން ކުޑަކޮށް ހެދުންއަޅާ ފަތުރުވެރިންނަށް ހަރުކަށި ފިޔަވަޅު އަޅަން އެދި ޕެޓިޝަނެއް

މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ތަންތަނުގައި ބިކިނީ އާއި ނިވައިކަން ކުޑަ ހެދުން ލައިގެން އުޅޭ ބިދޭސިންނާއި ފަތުރުވެރިންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުން ތައާރަފު ކުރި އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަނީ ޒަމްޒަމް ފާރިޝް އެވެ.
ތަފްސީލް - ޕެޓިޝަނުގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އާންމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީންނާއި ފަތުރުވެރިން އުޅޭ ކަމަށާއި މީގެ ސަބަބުން އިސްލާމީ އަހުލާގާއި  ދިވެހި ކާބަފައިންގެ ސަގާފަތާއި އާދަކާދަތައް ނެތިގެންދާ ކަމަށެވެ.
ޕެޓިޝަނުގައި ބުނީ:
މިއީ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވާ މައްސަލައެއް ކަމަށް
އޭގެ އޭގެ ނޭދެވޭ އަސަރު ދިވެހި ޅަ ދަރިންނަށް ކުރާކަމަށް
އެ ކުދިން އިސްލާމީ އަހުލާގުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް ބޮޑެތި ހުރަސްތައް އެޅޭ ކަމެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރޭ
ޕެޓިޝަނުގައި އެދިފައިވަނީ ނިވައިކަން ކުޑަ ހެދުމާއި ބިކިނީ ލައިގެން އާންމުތަންތަނުގައި އުޅޭ މީހުންނަށް މިހާރު ހުރި ގަވައިދުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށެވެ.
މީގެ އިތުރުން ގާނޫނާއި ގަވައިދާ ހިލާފުވާ މީހުންނާމެދު ކަންކުރާނެ ގޮތުގެ އިތުރު ގާނޫނުތައް ހަދައި އެ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކޮށް އެ މައްސަލަ ހައްލު ކޮށްދިނުމަށް އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ